ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކާއި ކައުންސިލް އިދާރާގެ ކުނިއުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާގެ ނަމްބަރ: (IUL)266/266/2017/78 (31 އޮކްޓޯބަރ 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ

އަލުން އިޢުލާން ކުރަމެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ކުނި ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ

މުއްދަތަށް އުކާލަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ

މަތީން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މައުލޫމާތު ސާފުކުރުން – 28  ނޮވެމްބަރ  2017 ވާ އަންގާރަ ދުވަހުގެ 13:00

      އަންދާސީ ހިސާބު ހުށަހެޅުން – 05 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ

ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި

އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ

ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމުގައި ވެސް ދަންނަވަމެވެ.

21 ނޮވެންބަރު 2017
ހޯދާ