މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

 

 

އެޑްމިނިސްޓްރޭޓިވް އޮފިސްރ

މަޤާމް

J-128553

މަޤާމު ނަންބަރ

01 (އެކެއް)

ބޭނުންވާ ޢަދަދު

ދާއިމީ

މަޤާމުގެ ގިންތި

ޖީ.އެސް 4

މަޤާމުގެ ރޭންކް

އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން

އެޑްމިން

ޑިޕާޓްމަންޓް/ ސެކްޝަން

މުކުރިމަގު ސްކޫލު، ލ. ގަން

މަޤާމު އޮތް އޮފީސް

މުކުރިމަގު ސްކޫލު، ލ.ގަން

ވަޒީފާ އަދާކުރަންޖެހޭ ތަން

-/5020

މުސާރަ

-/1500

ސަރވިސް އެލަވަންސް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އިތިރު އިނާޔަތްތައް:

1. ސްކޫލަށް ލިބޭ ލިޔުންތައް ވެރިއެއްގެ ލަފާގެ މަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން

2. ދަރިވަރުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

3. ދަރިވަރުންގެ ޑެއިލީ އެޓެންޑަންސް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

4. ކުދިން ސްކޫލަށް ވެއްދުމާއި ސްކޫލުން ވަކިކުރުމާއި އެހެން ސްކޫލުތަކަށް ޓާންސްފަރވާ ކުދިންނާގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުމާއި ދަރިވަރުންގެ  ސްކޫލު ލީވިންގ ސެޓްފިކެޓް ހަދާ ބެލެހެއްޓުން

5. ސްކޫލުން ބާއްވާ ބައްދަލުވުންތަކާ، ޖަލްސާތަކުގެ ކަންތައްތައް އިންތިޒާމުކުރުމާއި ޔައުމިއްޔާ ލިޔެބެލެހެއްޓުން ކުރުން

6. ސްކޫލުގެ ތަފާސްހިސާބުތަކުގެ ރެކޯޑް ލިޔެބެލެހެއްޓުމާއި ފޮނުވަންޖެހޭފަރާތްތަކަށް ގަވައިދުން ފޮނުވުން

7. ސްކޫލުގެ އަހަރީ ރިޕޯޓްތައްޔާރުކުރުން

8. ސްކޫލު ފަރާތުން ބާއްވާ މުބާރާތްތަކާ،އިވެންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާސިލުކޮށްފައިވުން

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

3.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން  ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ޝަރުތުތައް

ތަޢުލީމާ ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް

ބަލާނެކަންތައްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މުކުރިމަގު ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް
  • ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތަކާއި ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސަނަދު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ
  • ސިވިލްސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސަނަދުތަކުގެ ކޮޕީ
  • ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސަނަދުތަކުގެ ކޮޕީ
  • ސިވިލްސަރވިސް ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ
  • ސިވިލްސަރވިސް އިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
  • އަމިއްލަ ކުންފުންޏެއްގެ ނުވަތަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ކުއްދަތާއި ކުރި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި

  • ވަޒީފާއަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • މަޤާމަށް އެދި ހުސަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 10 ވާ (އާދީއްތަ) ދުވަހުގެ 13.00 ގެ ކުރިން ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްމެދުވެރިކޮށް ބަލައިގަނެވޭނެއެވެ.
  • އީމެއިލް އެޑްރެސް: admin@mukurimaguschool.edu.mv (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމް އޮފީހަށް ލިބުނުތޯ ޔަޤީންކުރުމަކީ އެޕްލިކޭޝަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ 14- 19 އާއި ދެމެދުގެ ތާރީޚެއްގައި ލ. ގަމު މުކުރިމަގު ސްކޫލުގައެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10(ދިހައެއް) އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

މި މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު: މި ޢިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސަފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުއްވުންއެދެމެވެ.

                      10 ރަބީޢުލްއައްވަލު 1439   

                       28 ނޮވެމްބަރ 2017

28 ނޮވެންބަރު 2017
ހޯދާ