މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްު ޕިކަޕެއް ހޯދުމަޢި ގޫޅޭ

ށ.ކޮމަންޑޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމާއިބެހޭ

 

       މިއިދާރާއަށް ރަށު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސަޕްލައިކޮށްދޭންވީ ވެލިކަލާއި ބެހޭ މަޢުލޫމާތު:

 

ބާވަތް: ބެޓްރީ ރަށު ޕިކަޕް

ކުލަ: ފެހި، ނޫ، ރަތް

ޓަނޭޖް: 1200 ކިލޯ

އަގު: އަގުގެ ތެރޭގައި ވެހިކަލްގެ އަގާއި، ވެހިކަލް ކޮމަންޑޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ރަޖިސްޓްރީކޮށްދެވޭނެ އަގު ވަކިން އެގެން އޮންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ އުޞޫލު؛

                    

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު

%75

އެންމެ ކުޑަ އަގު ހުށައަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (ވެހިކަލްގެ ކޮމަންޑޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވެނެ އަގާއި އަދި ވެހިކަލް ރަޖިސްޓްރީކޮށްދެވޭ އަގުގެ ޖުމްލަ އެއްކޮށްގެންނެވެ.)

2

މުއްދަތު

އެންމެ ކުޑަ މުއްދަތު ހުށަހަޅާފަރާތްތަކަށް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

3

މާލީ ޤާބިލްކަން

%5

ހުށައަޅާ ލިޔުންތަކަށް ބަލާފައި:

-          ހުށަހަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 50000ރ އައްވުރެ ދަށްނަމަ 5މާރކްސް

-          ހުށަހަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 50000ރ އިން 1 ލައްކައާއި ހަމައަސް 10 މާރކްސް

-          ހުށައަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 1 ލައްކައިން މަތިނަމަ 15 މާރކްސް

4

ތަޖުރިބާ

%5

މިބަޔަށް މާރކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.

-          ސަޕްލައިކުރި ވެހިކަލްގެ އަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 1 މާރކްސް

-          މިއަދަދަށް 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 5 މާރކްސް

 

 

ހުށައަޅަންޖެހޭ ތަކެތީގެ މަޢުލޫމާތު:

1-      އެސްޓިމޭޓް/ ކޯޓޭޝަން

2-      އަގުހުށައަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން

3-      މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން

4-      ތަޖުރިބާ ބަޔާންކުރާ ލިޔުން

5-      ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

6-      ވެރިފަރާތް ފިޔަވާ އެހެން ފަރާތަކުން ހުށައަޅާނަމަ ވެރިފަރާތުގެ ލިޔުން

 

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. ރަށު ޕިކަޕް ސަޕްލައިކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަންޏެވެ.

           މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސަފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6540027 ފޯނާ ގުޅުއްވުން އެދެމެވެ.

 

                    11 ރަބީއުލްއައްވަލް 1439

                    29 ނޮވެމްބަރ 2017

      

29 ނޮވެންބަރު 2017
ހޯދާ