ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް މާލެއިން (މައްޗަންގޯޅި ނުވަތަ މާފަންނުން) ޢިމާރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާއި އެއްގޮތަށް 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ލިއުމުން އެކަން މިކުންފުނީގެ މައި ޢިމާރާތް، ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ފުރިހަމަވެފައި ހުންނަން ބޭނުންވާ މަޢުލޫމާތު
- 1000 އަކަ ފޫޓަށްވުރެ ކުޑަނޫން ޢިމާރާތަކަށްވުން
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިން ހުރުން .
- · މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- · މީހުން ގިނައިން ދިރިއުޅޭ ހިސާބެއްގައި ބޮޑުމަގަކަށް ހުންނަ ތަނަކަށް ވުން.
- ޢިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށްދޭ މުއްދަތު 5 އަހަރާ 10 އަހަރާ ދޭތެރޭގެ މުއްދަތަކަށްވުން
- ގްރައުންޑް ފްލޯރގައި ހުންނަ ތަނަކަށްވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %40
- ކުއްޔަށްދޭ މުއްދަތު:%30
- ސަލާމަތީ ފެންވަރު: %30
މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3009211، 3009214 ނަންބަރު ފޯނާއެވެ.
15 ރަބީޢުލް ޢައްވަލް 1439
03 ޑިސެމްބަރ 2017