ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ

އިޢުލާން
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ

1 އަހަރު ދުވަހުގެ މުއްދަތަށް ( ޖެނުއަރީ 2018 ން 31 ޑިސެމްބަރ 2018 ށް ) މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަނެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން 07 ޑިސެމްބަރ 2017 ( ބުރާސްފަތި ) ދުވަހުގެ 13:30 ގައި
އެސްޓިމޭޓް ހުށައެޅުން 19 ޑިސެމްބަރ 2017 ( އަންގާރަ ) ދުވަހުގެ 13:30 ގައި


03 ޑިސެމްބަރ 2017

 

03 ޑިސެންބަރު 2017
ހޯދާ