ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީގައި އާންމުކޮށް ބަލަހައްޓަންޖެހޭ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް
ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން
މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި
އަންދާސީ ހިސާބު ހުށައެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ
ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން – 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00
އަންދާސީ ހިސާބު ހުށަހެޅުން – 17 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00
މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތްނޫން
އެހެންފަރާތަކުން ހާޟިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިތްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. މަޢުލޫމާތު
ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ
ދަންނަވަމެވެ.