ދިވެހިރާއްޖެ
ނަންބަރު:FNK-K(T)/FNK/IUL/2017/166
އިޢުލާން
ރ.ފައިނު ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:
މިކުންފުނީގެ ރ. ފައިނު ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ FNK-K(T)/FNK/IUL/2017/153 ޢިޢުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މިކަމާބެހޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިންނާއި ރ.ފައިނު ބްރާންޗުން ރަސްމީ ދުވަސް ތަކުގެ 8:30 ހުން 14:30 ހަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 18 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ރ. ފައިނު ބްރާންޗައްށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ރަބީޢުލްއައްވަލް 1439
12 ޑިސެމްބަރ 2017