ދިވެހިރާއްޖެ
ނަންބަރު:FNK-K(T)/FNK/IUL/2017/167
އިޢުލާން
ރ.ރަސްމާދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:
މިކުންފުނީގެ ރ.ރަސްމާދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ FNK-K(T)/FNK/IUL/2017/150 ޢިޢުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މިކަމާބެހޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިންނާއި ރ.ރަސްމާދޫ ބްރާންޗުން ރަސްމީ ދުވަސް ތަކުގެ 8:30 ހުން 14:30 ހަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 18 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:45 ކަށް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ރ.ރަސްމާދޫ ބްރާންޗައްށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ރަބީޢުލްއައްވަލް 1439
12 ޑިސެމްބަރ 2017