ގުޅީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި އިޢުލާން GS146/IU/2017/34 (09 ޑިސެމްބަރ 2017) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 13:00 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއައްވަލް 1439 ހ

16 ޑިސެންބަރު 2017
ހޯދާ