ދިވެހިރާއްޖެ
GS183/IL/2017/10
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
|
މި ސްކޫލްގެ އިޢުލާން ނަމްބަރ GS183/IL/2017/9 (3 ޑިސެމްބަރ 2017) އާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވި ފަރާތްތަކުގެ ތެރޭގައި ވިޔަފާރި ހުއްދަ ނެތް ފަރާތްތަކާއި ކުލަބު ޖަމްޢިއްޔާ ތަކަށް ކުރިމަތިލެވޭނެކަމަށް މަޢުލޫމާތު ސާފުކޮށްދެވިފައިވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.
1 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 އާއި ހަމައަށް ކޮންޓްރެކްޓް އުޞޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
އެހެންވެ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 C 1439
17 ޑިސެމްބަރ 2017