ދިވެހިރާއްޖެ
ށ.އަތޮޅުތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
ނަންބަރ: 18/GS09/2017
އިޢުލާން
ކްލާސްރޫމްތަކަށް ބޭނުންވާ ވައިޓްބޯޑު ހޯދާ ހަރުކުރުމާއި ބެހޭ
2018 ވަނައަހަރަށް މިމަރުކަޒުގެ ކުލާސްރޫމްތަކަށް ބޭނުންވާ ވައިޓްބޯޑު ގަނެ ކުލާސްރޫމްތަކުގައި ހަރުކުރުމަށް ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2017 ވަނަ ދުވަހުގެ މެންދުރުފަހު 13:00ށް މިމަރުކަޒަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 13:00ށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަބީޢުލްއައްވަލް 1439
18 ޑިސެމްބަރ 2017
Ph : 6540062 Fax : 6540539 Email : admin@shaec.edu.mv