ދިވެހިރާއްޖެ
އިޢުލާން
5 ފާޚާނާ މަރާމާތު ކޮއްދޭނެފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުން ބޭނުންކުރަމުން ގެންދާ 5 ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް 10 ޑިސެމްބަރ 2017ގައި ކުރި GS-184/IUL/2012/33 ނަމްބަރުގެ އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކޮއްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2017 ބުދަ ދުވަހުގެ މެންދުރު 13:00 އަށް ކުނަހަންދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ޙާޒިރުވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6800744 ނަންބަރަށެވެ.
# |
ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ (ސަތޭކަ) |
100 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ރަބީޢުލްއާޚިރު 1439
21 ޑިސެމްބަރ 2017
މުޙަންމަދު ސަޢީދު
ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި