ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރު ހިތަދޫ ކެމްޕަހުގައި މަސައްކަތްކުރައްވާ ފެކަލްޓީ ލެކްޗަރާއިން ތިއްބެވުމަށް 01 ކޮޓަރީގެ 02 އެޕާރޓްމަންޓް/ގެ ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު ކައްކާ ކެވޭގޮތަށް ބަދިގެބައެއް ހިމެނޭ އަދި ދޮވެ އިސްތިރިކުރެވޭ ގޮތަށް ހުރި ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.
ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 އަށް ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސިހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 09 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ކެމްޕަހުގައެވެ.