ދިވެހިރާއްޖެ
MTCC-PD/IU/2017/0010. ނަންބަރ:
އިޢުލާން
އެމްޓީސީސީ ގެ ލޮޖިސްޓިކަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ބޭނުމަށް މުދާ އުފުލާ 1 ދޯނި ކެޕްޓަންއާއި އަދި ފަޅުވެރިންނާއި އެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީގެ ލޮޖިސްޓިކަލް އޮޕަރޭޝަން ޑިޕާޓްމަންޓްގައި ބޭނުން ކުރުމަށް މުދާ އުފުލާ 1 ދޯނި ކެޕްޓަންއާއި އަދި ފަޅުވެރިންނާއި އެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖަނަވަރީ 24 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖަނަވަރީ 31 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
29 ރަބީއުލް އާޙިރު 1439 16 ޖަނަވަރީ 2018