ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2018/007
އިޢުލާން
ށ. ކޮމަންޑޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:
މިކުންފުނީގެ ށ. ކޮމަންޑޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ FNK(T)/FNK/IUL/2017/163 އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ. މިކަމާބެހޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިންނާއި ށ. ކޮމަންޑޫ ބްރާންޗުން ރަސްމީ ދުވަސް ތަކުގެ 8:30 ހުން 14:30 ހަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 11:15 އަށް މި ކުންފުނީގހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ށ. ކޮމަންޑޫ ބްރާންޗައްށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
29 ރަބީޢުލްއާޚިރް 1439
16 ޖެނުއަރީ 2018