ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

  ކަނބޯރަނި ހިޔާގައި މިހާރު ނިމިފައިވާ 18 ރޯހައުސް ވަށައިގެން އޮތް ސަރަހައްދު ވިނަނޮޅާ ސާފުކޮށް އަދި ރޯހައުސްތަކުގެ އެތެރެ ކުނިކަހާ،

ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް

އެކަނި ކަމުގައި ދަންނަވަމެވެ.

      މައުލޫމާތު ސާފުކުރުން – 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ   13:00

      އަންދާސީ ހިސާބު ހުށަހެޅުން – 29 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 13:00

            މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން

ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ

ބަދަލުގައި ފޮނުވި ފަރާތެއްކަން އެގޭނެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، ވަޑައިގަންނަވާ ކޮންމެ

ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ.

22 ޖަނަވަރީ 2018
ހޯދާ