ދިވެހިރާއްޖެ
ނަންބަރ:GS-202/IUL/2018/07
އިޢުލާން
މި ސްކޫލުގައި ބާވެ ހަލާކުވެފައި ހުރި ބައެއްތަކެތި ނީލަންކިއުން 27 ޖެނުއަރީ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 27 ޖެނުއަރީ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ދުރުވެ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.
ނީލަމުގެ އުޞޫލުތައް ހަމަޖެހިފައިވާގޮތް:
1- ނީލަމުގައި ބައިވެރިވެ، އެންމެ މަތީ އަގުހުށަހަޅާ ފަރާތަކުން އެ އަގެއް ހުށަހެޅި މުދަލަކަށް ފައިސާ ދެއްކުމަށްފަހު އެދުވަހުގެ 18:00 ގެ ކުރިން ސްކޫލް ގޯތީން މުދާ ބޭރު ކުރަންވާނެއެވެ.
2- ނީލަމުގައި އެންމެ މަތީ އަގުހުށަހަޅައި، އެދުވަހުގެ 18:00 ގެ ކުރިން މުދަލަށް ފައިސާ ނުދައްކާ ފަރާތަކަށް ކުރިޔަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގެމަނަފުށީ ސްކޫލުން ބާއްވާ ނީލަމެއްގައި ބައިވެރި ނުވެވޭނެއެވެ.