ދިވެހިރާއްޖެ
އިޢުލާން
ދެ ކޮޓަރީގެ ދެ އެޕާރޓްމަންޓް ކުއްޔައް ހިފުމާއި ބެހޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް 2 ކޮޓަރީގެ 2 އެޕާރޓްމަންޓް ކުއްޔައް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 11:30 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 11 ފެބްރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.