ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0002
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންއަކީ އެމްޓީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ.
މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ
ޢަސާސީ މުސާރަ: 5500.00 ރ
ސަރވިސް އެލަވަންސް: .1000.00ރ.
ބޭނުންވާ އަދަދު: 01.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތަކަށްވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : މިކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ
ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން
ގަތުމަށް އެދޭ ތަކެއްޗާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި މުޢާމަލާތު ކުރުން.
ތަކެތީގެ އަގަށާއި ކޮލިޓީއަށް ބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން
އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
ޕާރޗޭސް އޯޑަރ ތައްޔާރުކުރުމުގައި އެހީތެރިވުން / ކޯޓޭޝަން ހޯދުމަށް އެހީތެރިވުން.
ބިޑް އަދި އެއާ ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް
ކުރަންޖެހޭ ޕްރޮކިއުމަންޓް ޝެކްޝަނުންކުރާ އިދާރީ މަސައްކަތްތައް ކުރުން.
މަޤާމް: ސާރވިސް އެސިސްޓެން
ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ
ސަރވިސް އެލަވަންސް: 1000.00ރ.
ބޭނުންވާ އަދަދު: 01.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ މަތީން
ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނިން ފޮނުވަންޖެހޭ ސިޓީ އާއި ތަކެތި ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ޙަވާލު ކުރަން ދިއުން.
ކުންފުނިން އެކި އެކި ކަންކަމާއި ގުޅިގެން ބޭންކުން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ
ޖަމާކުރުން.
ބޭންކްތަކަށް ކުންފުނިން ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޗެކުތައް ހަވާލުކުރުމުން.
ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ ކަންތައް އިމިގްރޭޝަން މެދުވެރިކޮށްގެން ކުރުން
މަޤާމް: އެސިސްޓެންޓް ސައިޓް އޮފިސާރ
ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ.
ސަރވިސް އެލަވަންސް: 1000.00 ރ.
ބޭނުންވާ އަދަދު: 02
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދިހަމަޖެހިފައިވާއުޞޫލުގެ
މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން
ޝަރުތު: މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ދިވެހި/ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :ސައިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ރާވައި ބަރާބަރަށް ކުރުން.
ޕްރޮޖެކްޓް ސައިޓްގައި ކުރާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް
ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް
ބެލެހެއްޓުން.
ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުމާއި، މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި، ރިޕޯޓް
ތައްޔާރުކުރުން.
- މިމަގާމްތަކަށް ބޭނުންވަނީ މަސައްކަތް ކޯރޑިނޭޓް ކުރުމާއިއެކު ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށާއި އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭ ޞިއްޙަތު ރަގަޅު ފަރާތަކަށެވެ.
ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް
ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
ފެކްސް ނަމްބަރ:3001422
އީމެއިލް: hr@mreic.com.mv
ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ
ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން
މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
28 ޖުމާދުލްއައްވަލް 1439
14 ފެބްރުއަރީ 2018