ދިވެހިރާއްޖެ
އިޢުލާން
ޓިވެޓް އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ޓިކެޓް އެންޑް ރިޒަވޭޝަންގެ ކޯހުގެ (ސެޓްފިކެޓް 3 އާއި، ސެޓްފިކެޓް 4) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ މަޤާމް: ޓްރެއިނަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 1 (އެއް) އަހަރުދުވަސް.
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ.
ގިންތި: ވަގުތީ
މަޤާމުގެ ފެންވަރު/ޝަރުޠު:
1. ޓިކެޓް އެންޑް ރިޒަވޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. ޓިކެޓް އެންޑް ރިޒަވޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ޓިކެޓް އެންޑް ރިޒަވޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކުރުމާއެކު، ޓިކެޓް އެންޑް ރިޒަވޭޝަންގެ ދާއިރާއިން އިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
1 ޓިކެޓް އެންޑް ރިޒަވޭޝަން ކޯސް ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ.ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
އިންޓަވިއުކުރުން:
ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 25ފެބްރުއަރީ އާއި 28 ފެބްރުއަރީ އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)
ރ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (މޯލްޑިވްސް ޕޮލިޓެކްނިކް، ފުރަތަމަ ފަންގިފިލާ) އަށެވެ. ނުވަތަ މިއޮފީހުގެ އީމެއިލް info@tvet.gov.mv މެއިލް ކުރާށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 22 ފެބްރުއަރީ 2018 ގެ 14:00ގެ ކުރިންނެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341375ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
29 ޖުމާދަލްއޫލަ 1439