ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2018/11 )
އިޢުލާން
ރ، އުނގޫފާރުގައި ފެނުގެ ޙިދުމަތައް ފޯމް ފުރުމަށް ބޭނުންވާ ފަރާތްތަކަށް
ފެނުގެ ޙިދުމަތް ބޭނުންވާފަރާތްތަކުން ޙިދުމަތައް އެދޭ ފޯމް ފުރުމަށްފަހު ފޯމާއި އެކު އައިޑީކާޑް ކޮޕީ އާއި އިމާރާތާއި ގޯތީގެ ރެޖިސްޓްރީގެ ކޮޕީ އާއި އެކު ހުށަހެޅުއްވުން އެދެމެވެ. އަދި ފެނުގެ ޙިދުމަތައް އެދޭ ފޯމް ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. ފެނުގެ ޙިދުމަތައް އެދޭ ފޯމް ފުރާ މިކައުންސިލަށް ހުށަހެޅުމުގެ އެންމެ ފަހުތާރީހަކީ 08 މާރިޗް 2018 ބުރާސްފަތި ދުވަހުގެ 1:30 ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
02 ޖުމާދަލްއާޙިރާ 1439
18 ފެބުރުވަރީ 2018
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް