ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

މިކުންފުނީގެ ފަރާތުން ހިންގަމުންގެންދާ ހުޅުމާލެ އިންޖީނުގޭގައި ހުރި، ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ބާ ސާމާނުތަކެއް.          
  • ބެޓެރިތަކެއް.            (ހަލާކުވެފައިހުރި)
  • ރޭޑިއޭޓަރުތަކެއް         (ބައު)
  • ކޭބަލްބުރިތަކެއް         (ހަލާކުވެފައި)

                                   މި ތަކެތީގެ ނީލަން ފެށޭ އަގަކީ 50,000.00 (ފަންސާސް ހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 2,000.00 (ދެހާސް) ރުފިޔާ އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2018 މާރިޗު 01 ވާ ބުރާސްފަތި ދުވަހުގެ 9:00 އާއި 13:00 އާ ދެމެދު އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ 25,000.00 (ފަންސަވީސް ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑްގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 2018 މާރިޗު 04 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުވާ ނަމަ ނީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.

ކޭބަލް ބުރިތައް ދޫކުރެވޭނީ ނީލަން ކިއުނު އެހެން ތަކެތި ގެންދެވުމަށްފަހުގައެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމަށާއި އަދި އެފަރާތުން ދެއްކި ޑިޕޮޒިޓް ފައިސާ ވެސް ނުދެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7905625 ފޯނާ ގުޅުވުން  އެދެމެވެ. މި ނީލަމުގައި ބައިވެރިވި ފަރާތްތަކަށް ޑިޕޮޒިޓްފައިސާ ލިބޭނީ ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހުގެ ތެރޭގައި ކަމުގައިވެސް ދެންނެވީމެވެ.

                               11 ޖުމާދަލްއާޚިރާ 1439  

                              27 ފެބުރުވަރީ    2018 

27 ފެބުރުވަރީ 2018
ހޯދާ