ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސޯސް)

އިޢުލާން

 

    ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމް:  އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސޯސް)

ޝަރުތު:   1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ:           ގަޑިއެއްގެއިރަށް -/50 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު މަދުވެގެން 6 ގަޑިއިރު

ބާވަތް:              ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

                  1 އަހަރު   ހަމަވުމުން ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 12 މަސްދުވަހަށް  އިތުރުކުރެވިދާނެއެވެ.

ވީމާ، މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ( އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

06 މާރިޗު 2018
ހޯދާ