ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހއ.ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތުކުރުން

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓް 

        ވަށަފަރު،ދިވެހިރާއްޖެ

 

ނަންބަރ: A9-MC/IUL/2018/02

އިޢުލާނު

ފާޚާނާ މަރާމާތުކުރުން

  މިކޯޓުގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރ: A9-MC/IUL/2018/01(28 ފެބުރުވަރީ 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

  ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗު 18ވާ އާދީއްތަ ދުވަހުގެ 11:00އަށް، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މާރިޗު 22ވާ ބުރާސްފަތި ދުވަހުގެ 11:00އަށް، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ކުންފުންޏަކުން ހުށަހަޅުއްވާނަމަ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

                    މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރ 6500507 ފޯނަށް ގުޅުއްވުން އެދެމެވެ.         

 

11 މާރިޗު 2018
ހޯދާ