ދިވެހިރާއްޖެ
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯން: 3323209 ، ފެކްސް: 3324306
MWSC-A/7/ADV/2018/033
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ބޭނުންވެއެވެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
- ތަނަކީ ކުޑަވެގެން 400 އަކަފޫޓް އަދި ބޮޑުވެގެން 1000 އަކަފޫޓްގެ ތަނަކަށް ވާންޖެހޭނެއެވެ.
- ބޮޑުމަގަކުން ގުދަނަށް ވަދެނިކުމެވޭނެ ގޮތަށް ހުންނަންޖެހޭނެއެވެ.
- ކުރިމަތީގައި ނުވަތަ ދޮރުމަތީގައި ވެހިކަލް ބާއްވައިގެން މުދާ އަރުވާ ބާލާ ހެދޭނެގޮތަށް ހުންނަންޖެހޭނެއެވެ.
- ގުދަނަށް ވަކިން ކަރަންޓް ގެ ހިދުމަތް ލިބޭނެ ގޮތަށް ހުންނަންޖެހޭނެއެވެ.
- ގުދަނަކަށް ބޭނުންކުރުމަށް ރަނގަޅަށް ބަންދުކުރެވިފައި އަދި ރަނގަޅު ފެންވަރުގައި ހެދިފައި ހުރިތަނަކަށް ވާންޖެހޭނެއެވެ.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
11:30 |
20 މާރިޗު 2018 |
މައުލޫމާތު ސާފުކުރުން |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
11:00 |
22 މާރިޗު 2018 |
އަގު ހުށައެޅުން |
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
14މާރިޗު 2018
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް