ދިވެހިރާއްޖެ
. ނަންބަރ: MTCC-PD/IU/2017/0043
އިޢުލާން
އެމްޓީސީސީ ގެ ރާންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:
އެމްޓީސީސީގެ ރާންނާ ގިމަތަ (ވިލިނގިލި ފެރީ ޓާރމިނަލް) ހުޅަނގު ދެކުނު ފަރާތުގައިވާ ހުސްބިމުގައި ޓަކްޝޮޕެއް އިމާރާތްކޮށް ކުއްޔަށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 28 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރީލް 04 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
03 ރަޖަބް 1439
20 މާރިޗް 2018