ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރު: (IUL)10-NE/10/2018/19
އިޢުލާން
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރޭ އަހަރު ކަމުގައިވާތީ އާއި އަދި ސިވިލް ސާރވިސް އަށް ދިހަ އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި ދެމުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީއާއި ސިވިލް ސާރވިސް ކޮމިޝަނާއި ގުޅިގެން ސިވިލް ސާރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯ އަކާއި، ސަރުކާރުގެ އޮފީސްތަކަށާއި، މިނިވަން މުވައްސަސާތަކަށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ސިވިލް ސާރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯ އޮންނާނީ 2018 އޭޕްރީލް 5 ވާ ބުރާސްފަތި ދުވަހުގެރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ. އަދި ކުޑަކުދިންގެ ހަވީރު އޮންނާނީ 2018 އޭޕްރީލް 6 ވާ ހުކުރު ދުވަހު ހަވީރު މާފަންނު ޓްރެކް ސަރަޙައްދުގައެވެ.
މި ޓެލެންޓް ޝޯ އާއި އަދި ކުޑަކުދިންގެ ހަވީރު ހިނގަމުންދާ ވަގުތު ޓްރެކް ސަރަޙައްދުގައި ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތަކަށް ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން އެސަރަޙައްދުގައި ކެންޓީނެއް ހިންގުމުގެ ހުއްދަ ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ، 2018 އޭޕްރީލް 5 ވަނަ ދުވަހުގެރެއާއި، އޭޕްރީލް 6 ވަނަ ދުވަހު ހަވީރު ޓްރެކް ސަރަޙައްދުގައި ކެންޓީނު ހިނގުމަށް ބޭނުންވާ ފަރާތްތަކުން 2018 މާރިޗު 26 ވާ ހޯމަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކެންޓީން ހިންގުމަށް ބޭނުންވާ ގޮތް 2018 މާރިޗު 27 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
2 ރަޖަބު 1439
19 މާރިޗު 2018