ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/20
އިޢުލާން
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދުގައި ބާއްވާ ރަސްމީ ޖަލްސާއަށް 800 ބޭފުޅުންނަށް ސައިފޮދު ތައްޔާރުކޮށް ދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2018 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
05 ރަޖަބު 1439
22 މާރިޗު 2018