ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިމަދަރުސާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަގާމު  އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު  J-131650
ބޭނުންވާ ޢަދަދު  01 (އެކެއް)
މަޤާމުގެ ގިންތި  ދާއިމީ
ސެކްޝަން  އެޑްމިން
މަޤާމުގެ ރޭންކު  ޖީއެސް 3
މަޤާމުގެ ކްލެސިފިކޭޝަން  އޮފިސަރ ގްރޭޑް 1
މަޤާމު އޮތް އޮފީސް  ދ.އަތޮޅު މަދަރުސާ
ވަޒީފާ އަދާކުރަންޖެހޭ ތަން  ދ.އަތޮޅު މަދަރުސާ / ދ.މީދޫ
މުސާރަ  4465.00 ރުފިޔާ
ސަރވިސް އެލަވަންސް  1500.00 ރުފިޔާ 
ސަޕޯޓިންގ ކޯ އެލަވަންސް 1  700.00 ރުފިޔާ
އިތުރު އިނާޔަތްތައް 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ދާއިރާ  އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 1-ސްކޫލަށް އަންނަ ހުރިހާ ސިޓީ،މެސެޖު،ބިލް އަދި އެހެނިހެން ލިޔެކިޔުން ބަލައިގަތުމާއި، އެންޓްރީ ކުރުން އަދި މެއިލް ޗެކްކުރުން.

2- މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

3- ކޮންމެ މަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.

4- ވަޒީފާ ބަޔާންތައް ތައްޔާރުކުރުން.

5- މުވައްޒަފުންގެ އެޕްރައިޒަލް ފޯރމްތައް ބެލެހެއްޓުމާއި މިނިސްޓްރީއަށް ފޮނުވަންޖެހޭ ފޯރމްތައް ފޮނުވުން.

6- ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން  ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

7- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިތުރުވާ މުވައްޒަފުންގެ ޕާސަނަލް ފައިލުތައް ތައްޔާރުކުރުން.

8- މަގާމްތަކަށް ބޭނުންވާ އިއުލާންތައް ތައްޔާރުކުރުމާއި މުވައްޒަފުން ހަމަޖެއްސުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ލިޔެކިޔުންތައް މިނިސްޓްރީއަށް ފޮނުވުން.

9- މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

10- ސްކޫލަށް ވަންނަ ދަރިވަރުންގެ ފޯމްތައް ބަލައިގަތުމާއި، ސްކޫލުން ވަކިވާ ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށް ދަރިވަރުން ރަޖިސްޓްރީއަށް އެރުވުން.

11-  ސްކޫލް ޔައުމިއްޔާ އަދި އެސް.އެމް.ޓީ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

12- އެކިއެކި ބައްދަލުވުންތަކަށް ދެންނެވުމާއި، އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ   ފަރާތްތަކަށް ފޮނުވުން.

13- މިނިސްޓްރީއިން ފޮނުވާ ގޫގުލް ޝީޓްތައް ތައްޔާރުކޮށް ފޮނުވުން.

14- އެގްޒަމިނޭޝަންގެ ފައިސާ ބަލައިގަނެ ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.

15- ބަޖެޓް މަސައްކަތް ކުރައްވާ މުވައްޒަފު ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ބަޖެޓް މަސައްކަތް ކުރުން.

16- ތިޖޫރީ ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް 1.އެޑްމިނިސްޓްރޭޝަން /  މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /  މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

1 ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިފާ ތަޖުރިބާއަށް ބަލައިގެން

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން

ހުށައަޅަންޖެހޭ ލިޔުންތައް
  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

    (ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއިކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  ވަޒީފާއަށް އެދޭ ފޯމު މިމަދަރުސާގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 03 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މިމަދަރުސާގެ އޮފީހު ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@dhatollschool.edu.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2018 އޭޕްރީލް 10  އާއި 2018 އެޕްރީލް 12  އާ ދެމެދު، މިމަދަރުސާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓުކުރުން  މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މާރްކްސްގެ ޖުމުލަ އިންސަންތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން ދ. އަތޮޅު މަދަރުސާގެ ނަންބަރ 7952915 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  އީ-މެއިލް ކުރާނީ admin@dhatollschool.edu.mv އަށެވެ.

 

 08 ރަޖަބު 1439

25 މާރިޗް 2018

25 މާރިޗު 2018
ހޯދާ