ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:
މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކޮންޓްރެކްޓަރ ރެޖިސްޓަރ ހެދުމަށް ބޭނުންވެއެވެ.
- ބިލްޑިންގ ކޮންސްޓްރަކްޝަން އާއި ގުޅުންހުރި ދާއިރާތައް
- ބިލްޑިންގ ޑިޒައިނިންގ (އާކިޓެކްޗަރ / އިންޓީރިއަރ)
- ބިލްޑިންގ ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ
- ބިލްޑިންގ ޑިޒައިނިންގ ކޮންސަލްޓެންސީ
- ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ
- ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޮންސަލްޓެންސީ
- ލޮޖިސްޓިކަލް އޮޕަރޭޝަންސް
- ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކުރުން
- ހާޑްވެއަރ މެޓީރިއަލްސް ސަޕްލައިކުރުން
- އޮފީސް ފަރުނީޗަރު ސަޕްލައިކުރުން
- ސްޓޭޝަނަރީ ސަޕްލައިކުރުން
މީގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރިލް 04 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު info@mreic.com.mv އަށް އީމެއިލް ކުރެއްވުމުން، އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
ސަބްޖެކްޓް: ކޮންޓްރެކްޓަރ ރެޖިސްޓަރ
ޝައުގުވެރިވެލައްވާ ފަރާތް (ކުންފުނީގެ ނަން / ވިޔަފާރީގެ ނަން):
ކުންފުނި / ވިޔަފާރި ތަމްސީލް ކުރާފަރާތުގެ ނަން:
ގުޅޭނެ ނަމްބަރ:
އެޕްލިކޭޝަން ފޯމު ހުށައަޅުއްވަންވާނީ، މިކުންފުނީގެ އީމެއިލް އެޑްރެސް info@mreic.com.mv އަށް، ނުވަތަ މިކުންފުނީގެ އޮފީސް، އެމްޓީސީސީ ސޯމިލް (ފުރަތަމަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) އަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
09 ރަޖަބް 1439
26 މާރިޗް 2018