ދިވެހިރާއްޖެ
އިޢުލާން
ކާޑެއްދޫ އެއަރޕޯޓް ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ބެހޭ
ކާޑެއްދޫ އެއަރޕޯޓް ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު KDM /2018/001/IL އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 29 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
09 ރަޖަބް 1439
26 މާރިޗު 2018