ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ،
ދިވެހިރާއްޖެ
ނަންބަރު: (IUL)10-NE/10/2018/24
އިޢުލާން
މިއަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރޭ އަހަރު ކަމުގައިވާތީ އާއި އަދި ސިވިލް ސާރވިސް އަށް ދިހަ އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި ދެމުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީ އާއި ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ސިވިލް ސާރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯ އަކާއި، ސަރުކާރުގެ އޮފީސްތަކަށާއި، މިނިވަން މުވައްސަސާތަކަށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މިކަން ކުރިއަށްދާއިރު އެސަރަޙައްދުގައި ކެންޓީނެއް ހިންގުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތުން އެކަން މި މިނިސްޓްރީއަށް ހުށަހެޅުމަށްއެދި މި މިނިސްޓްރީންކުރި ނަންބަރު (IUL)10-NE/10/2018/19 (19 މާރިޗު 2018) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތުން ކެންޓީނު ހިންގުމަށްއެދި މި މިނިސްޓްރީއަށް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.
ވީމާ، 2018 އޭޕްރީލް 6 ވަނަ ދުވަހު ހަވީރު މާފަންނު ޓްރެކް ސަރަޙައްދުގައި ކުޑަކުދިންގެ ހަވީރު ހިނގަމުންދާވަގުތު އެސަރަޙައްދުގައި ކެންޓީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން 2018 އޭޕްރީލް 1 ވާ އާދީއްތަ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކެންޓީން ހިންގުމަށް ބޭނުންވާ ގޮތް 2018 އޭޕްރީލް 2 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
11 ރަޖަބު 1439
28 މާރިޗު 2018