ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2018/25
އިޢުލާން
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލްޖެހި ސަރަހައްދުގައި ބާއްވާ ރަސްމީ ޖަލްސާ ބާއްވާ ސަރަހައްދު ޤައުމީ ކުލަތަކުން ދިއްލާ ޒީނަތްތެރިކުރުމަށާއި ޖަލްސާޖަލްސާގެ ބެކްޑްރޮޕްގެ ގޮތުގައި 20 ފޫޓް 10 ފޫޓް ލެޑް ސްކްރީނެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރު (IUL)10-F/10/2018/21 (22 މާރިޗް 2018) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 09:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
12 ރަޖަބު 1439
29 މާރިޗު 2018