މަޤާމުގެ ނަން:
|
ޓެކްނީޝަން ފޮރ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
މަސައްކަތުގެ މުއްދަތު:
|
1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)
|
މުސާރަ:
|
މަހަކު -/ 15,000 ރުފިޔާ
|
ފެންވަރު/ޝަރުތު:
|
- ޓެކްނިކަލްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ޓެކްނިކަލްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑިގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ކޮމްޕިއުޓަރ ވިއުގައާއި ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބެލެހެއްޓުމުގެ ޢަމަލީމަސައްކަތުގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ ހައްލުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
- ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުން.
- ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.
(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)
|
މައިގަނޑު މަސައްކަތްތައް:
|
- ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާތައް ގުޅާލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އަތޮޅުތަކުގައި މަސައްކަތް ކުރުން.
- ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ އަދި އީ-ގަވަރމަންޓްގެ ޚިދުމަތް ކަނޑައަޅާފައިވާ ފެންވަރުގައި އެއްއުސޫލަކުން ފޯރުކޮށްދިނުމާއި ޚިދުމަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމާއި، ބަޔާން ކުރެވިފައިވާ ފެންވަރަށް މައްސަލަ ޙައްލުކޮށް ޑޮކިއުމަންޓް ކުރުން.
- އީ-ގަވަރމަންޓްއާއި ގުޅިގެން ދެވޭ ޚިދުމަތްތައް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމާއި އެ ސަރވިސްތަކާއި ގުޅޭ ތަމްރީންތައް ދިނުން.
- އީ-ގަވަރމަންޓް އަދި ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައަށް ދިމާވާ މައްސަލަތަކާއި ދެއްވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޙަވާލުކުރާ މަސައްކަތްތައް ޚިދުމަތްލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭ ފެންވަރަށް ފޯރުކޮށްދިނުމުގައި އީ-ގަވަރމަންޓް ސާރވިސް ޑެސްކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއިން ކުރަންޖެހޭ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
|
|
|
|
|
|