ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލް އިދާރާއާއި އަތޮޅުގޭގެ އޭ.ސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ:IUL)241-B/241/2018/2)

 

 

 

             އިއުލާން

 

އަތޮޅުކައުންސިލް އިމާރާތާއި އަތޮޅުގޭގެ އިމާރާތުގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ އިމާރާތާއި އަތޮޅުގޭގެ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުޞޫލުން މަރާމާތު ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، އޭސީތައް  1 އަހަރުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 18  އެޕްރީލް  2018 ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 23 އެޕްރީލް 2018  ވާ ހޯމަ ދުވަހުގެ 12.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.

މާރކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް                %60
  • ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް  %40

ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

25 ރަޖަބް   1439

11 އެޕްރީލް  2018

11 އޭޕްރިލް 2018
ހޯދާ