ދިވެހިރާއްޖެ
މުދާއުފުލާ 100 (ސަތޭކަ) ފޫޓުގެ ދޯންޏެއް ނީލަމުގައި ވިއްކާލުން ކުރެވިފައިވާ އިޢުލާން 60-އޭޑީއެމް/164/2018 ބާތިލުކޮށް އަލުން ދޯނި ނީލަމުގައި ވިއްކާލުން
އެެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާން ބާތިލުކޮށް މިދޯނި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަވެވެ.
ދޯނީގެ ތަފްސީލް
ނަން: ވެލާ
ދިގުމިން: 30.480 މީޓަރު (100 ފޫޓު)
ފުޅާމިން: 10.970 މީޓަރު (36 ފޫޓު)
ފުންމިން: 4.270 މީޓަރު (14 ފޫޓު)
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓްރީ ނަންބަރު: C4703B-03 10T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން
ނީލަމުގައު ދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެެވެ.
- ނީލަން ފެށޭއަގަކީ 2،000،000.00ރ (ދެމިލިއަން ރުފިޔާ)އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 25،000.00ރ (ފަންސަވީސްހާސް ރުފިޔާ)އެވެ.
އަގުހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާ ސިޓީތައް ބަލައިގަންނާނީ ރަސްމީ ދުވަސްދުވަހު ހެނދުނު 10:00 ގައި އެސްޓީއޯ ސްޓާފްކުއަރޓަރސްގެ އޮފީހުންނެވެ. އަދި އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ ބެލުމަށްފަހު، ހުށަހެޅިފައިވާ އެންމެ މަތީއަގު ސްޓާފްކުއަރޓަރސްގެ ނޯޓިސްބޯޑުން ފެންނަންހުންނާއެވެ. އަދި 23 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 10:00 އާހަމައަށް އަގުހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއްހުށަހަޅުއްވާ ފަރާތަަކަށް ނީލަން ނިންމާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.
02 ޖުލައި 2018