ދިވެހިރާއްޖެ
މިއިދާރާގެ ގޯތިތެރޭގައި ހުރި ގައުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ބާވަތް: ގައުތަކެއް
- ނީލަން ފެށޭ އަގު: -/300ރ (ތިންސަތޭކަރުފިޔާ)
- ފަހަރަކު އިތުރު ކުރެވޭ އަގު: -/100ރ (ސަތޭކަރުފިޔާ)
ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 09 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން "ނީލަން ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނީލަމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6528831 ފޯނަށް ގުޅުއްވުން އެދެމެވެ. އެދުވަހެއްގައި ހުށަހަޅާ އަގު ޖެހިގެން އަންނަ ދުވަހު (ރަސްމީ ދުވަހު) މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގެ މުއްދަތު ހަމަވާނީ 16 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 އަށެވެ. ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 03 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވާނެއެވެ. ނީލަން ކާމިޔާވުވިކަން މިއިދާރާއިން އެންގެވުމުން ފައިސާ ދެއްކެވުމަށްފަހު 02 (ދެއެއް) ދުވަސް ތެރޭގައި ނީލަމުން ނެންގެވި ތަކެތި ގެންދަވަން ވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ.
ވީމާ މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ އާއްމުކޮށް އެއްގުމަށްޓަކާ އިއުލާން ކުރަމެވެ