ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: (IUL)331/331/2018/22
އިޢުލާން
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން.
މިރަށު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް 1500 (ފަނަރަސަތޭކަ) އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، ބިން ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 1 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.