ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ފިހާރަ 2 (ދޭއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
- އިސްކަންދަރު ސްކޫލް ފިހާރަ - ޗާންދަނީމަގު (ތިރީބައި އަދި ފުރަތަމަ ފަންގިފިލާ) – 870 އަކަފޫޓް
ވީމާ، މި ތަން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2018 ޖުލައި 30 ވާ ހޯމަ ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް 2018 ޖުލައި 22 ވާ އާދީއްތަ ދުވަހު ހެނދުނު 9:15 އިން ފެށިގެން ރަސްމީގަޑީގައި އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބަންދުނޫން 30 ދުވަހެވެ. މި އިމާރާތުގައި ކުރަންޖެހޭ އާބާތުރަފިލުވުމުގެ އެންމެހާ މަސައްކަތް ކުރާނީ އިމާރާތް ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ޚަރަދުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.