މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ސްކޫލުގެ އުތުރުފަރާތުގެ މައިގޭޓް ކުރިމަތީހުރި ނިކަގަސް ކޮށާލުމާއި ގުޅޭ.

މި ސްކޫލުގެ އުތުރުފަރާތުގެ މައިގޭޓް ކުރިމަތީހުރި ނިކަގަސް (ކުޑަނިކަގަސް) ކޮށައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2018 އޮގަސްޓް 06 ވާ ހޯމަ ދުވަހު މެންދުރުފަހު 13:30 ގައި މި ސްކޫލްގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2018 އޮގަސްޓް 13 ވާ ހޯމަދުވަހު މެންދުރުފަހު 13:30 ގައި މި ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައިމިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޖުލައި 2018
ހޯދާ