ދިވެހިރާއްޖެ
FNK-B/IUL/2018/350
އިޢުލާން
ނީލަންކިޔުމާ ބެހޭ:
މިކުންފުނީގައި ބޭނުން ކުރެވޭވަރަށްވުރެ ބާވެފައިވާ ތަކެއްޗާ ހަލާކުވެފައިވާ ބައެއް ގޮނޑި އާއި މޭޒުފަދަ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ކުރި ނަންބަރު FNK-B/IUL/2018/327 އިއުލާންނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިއުލާން ކުރަމެވެ.
މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/200 (ސަތޭކަ) ރުފިޔާއެވެ.
މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2018 އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2018 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 14.00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
09 އޮގަސްޓް 2018