ދިވެހިރާއްޖެ
އިޢުލާން
ޓިވެޓް އޮތޯރިޓީއިން ހިންގަމުންގެންދާ ސެޓްފިކެޓް ލެވެލް 3 އިން ފޮޓޯގްރަފީ ކޯހުގައި ކިޔަވައިދޭނެ ޓްރެއިނަރެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތަށް ބޭނުންވަނީ ފޮޓޯގްރަފީ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާޞިލުކޮށްފައިވާ ފަރާތެކެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮތޯރިޓީ އަށް ސިޓީ އަކުން އަންގަވައިދެއްވުން އެދެމެވެ.
މި މަސައްކަތައް މީހުން ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.
ހ.ފޮޓޯގްރަފީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
އުޖޫރަ:
ކިޔަވައިދޭ ގަޑިއިރަކަށް 100.00 (އެއްސަތޭކަ) ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ނ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ރ- ފޮޓޯގްރަފީގެ ރޮނގުން ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ އާ ގުޅުން ހުރި ލިޔުންތައް.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (9 ވަނަ ފްލޯ، އެދުރުހިޔާ، ފަޅުމަތީމަގު) އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 30 އޯގަސްޓް 2018 ވަނަ ދުވަހުގެ 12.00 ގެ ކުރިންނެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341313 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.