ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0019
މަސައްކަތް
އޭސީ އާއި ކަރަންޓުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުން
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މި ކުންފުނިން ކަނޑައަޅާ އިމާރާތްތަކުގައި އޭސީ އާއި ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޯގަސްޓް 2018 ވާ ބުދަ ދުވަހު 13:00 އަށް، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށައެޅުން އޮންނާނީ 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހު 14:00 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
02 ޛުލްޙިއްޖާ 1439
13 އޯގަސްޓް 2018
A subsidiary of MTCC