01. ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެދަށުން ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް، ކައުންސިލަރުންނާއި ސެކްޝަނުގެ ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަޝްވާރާއާއި ލަފާގެމަތިން ރާވައި ހިންގައި ބެލެހެއްޓުން.
02. ރަށުގެ މަގުހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި ރަށުގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
03. ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި، ކުނި ނައްތައިލުމުގެ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
04. ރަށުގެ ބަނދަރާބެހޭ ޤަވާއިދާ އެއްގޮތަށް ރައްޔިތުން ޢަމަލްކުރަމުންދޭތޯބަލާ ބަދަރުގެ ސާފުތާހިރުކަން ބެލެހެއްޓުން.
05. ރަށުގެ އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތަކާއި ޕާކުތައް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
06. ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަޢާރަޒުނުވާގޮތުގެމަތިން ރަށުގެ ބިން ދޫކުރުމާއި، ބިމާއި އިމާރާތާއި ގޯތިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީ ހެދުމާއި، ދޫކުރުން.
07. ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި، ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
08. ރަށުގެ ބިމުގެ ދަފުތަރު އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައިލައި ދައުލަތުގެ ކަމާބެހޭ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
09. ރަށުގެ ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
10. ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
11. ރޭގަނޑު ރަށުގެ މަގުމަތި ދިއްލުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދައި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ރާވައި ހިންގައި ބެލެހެއްޓުން.
12. ރަށުގައި މަދިރި އާލާވާތަން ނައްތައިލުމުގެ މަސައްކަތްކުރުމާއި، މަދިރި ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
13. ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި، ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއި، އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
14. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުންނަ ޢިމާރަތްތަކުގެ އާބަތުރަ ފިލުވާ އެތަންތަނުގެ ކުލަ،ދަވާދު އާކޮށް ބެލެހެއްޓުން.
15. އިސްވެދިޔަ ހުރިހާ ކަންކަމާ ގުޅޭގޮތުން ލިޔެ ތައްޔާރުކުރަންޔެޖެހޭ ސިޓީއާއި މެސެޖާއި ރިޕޯޓް ފަދަ ތަކެތ ލިޔެ ތައްޔާރުކޮށް، ސެކްޝަން ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތިން ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
16. އިސްވެދިޔަ ހުރިހާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
17. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
18.ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި، އެ މަސައްކަތްތައް ކުރުން.
|