ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2018/39)
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: މަސައްކަތު
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: އުނގޫފާރު ރައްޔިތުންގެ ކުނިކޮށި / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
1- ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 8:00 އަށް ޕިކަޕަށް އެރުން
2- ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން
3- ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން
4- ކުނިވާ ތަކެތި މޫދަން އުކާލުންފަހު އެޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން
5- ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން
6- ހުކުރު ހޮނިހިރު ދެދުވަހު 8:00 އަށް ޕިކަޕަށް އަރާ ކުނި ނެގުމަށް ތައްޔާރުވުން
ހުށަހަޅަންޖެހޭ ތަކެތި:
1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 20 ސެޕްޓެމްބަރ 2018، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 25 ސެޕްޓެމްބަރ 2018، އަންގާރަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
07 މުޙައްރަމް 1440
17 ސެޕްޓެމްބަރ 2018
އަބްދުއްނާޞިރު ޢަލީ
ކައުންސިލް ރައީސް