ދިވެހިރާއްޖެ
އިޢުލާން
ތިލަފުށިން މާލެއަށް ތަކެތި އުފުލުމަށް ދޯންޏެއް ކުއްޔަށް ހިފުން
މި ސަރވިސަސް އިން ތައްޔާރުކުރާ ޕްރީކާސްޓް އައިޓަމްސް އަށް ބޭނުންވާ ރޯ މެޓީރިއަލް ތިލަފުށިން މާލެއަށް ގެނައުމަށްޓަކައި ދޯންޏެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 20 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.