މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ބަދަރު ސަރަޙައްދު ޒީނަތްތެރިކުރުމުގެ ގޮތުން، އެސަރަޙައްދުގައި އިންދާފައިހުރި ރުއްތަކުގެ ވަށައިގެން މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް 15 ބުރު ރާނާދޭނެ ފަރާތެއް ހޯދަން

                       ނަންބަރު:IUL)321/321/2018/103) 

އިޢުލާން

ތުޅާދޫ ބަދަރު ސަރަޙައްދު ޒީނަތްތެރިކުރުމުގެ ގޮތުން،  އެސަރަޙައްދުގައި އިންދާފައިހުރި ރުއްތަކުގެ ވަށައިގެން މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް 15 ބުރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

  ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11 އޮކްޓޯބަރ 2018 (ބުރާސްފަތި)

10:30

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

16 އޮކްޓޯބަރ 2018 (އަންގާރަ)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

 އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި " ތުޅާދޫ ބަދަރު ސަރަޙައްދުގައި ބުރު ރޭނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އއަންދާސީ ހިސާބު ހުށަހަޅަންވާނީ، އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓަރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.

27މުޙައްރަމް    1440

07 އޮކްޓޯބަރ   2018

07 އޮކްޓޫބަރު 2018
ހޯދާ