މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިޔެލާޖެހުމުގެ ކޯސް ހިންގައިދިނުމަށް އިންސްޓްރަކްޓަރަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅޭ

                         ނަންބަރު:   105/IUL)321/321/2018)  

އިޢުލާން

    ރާއްޖޭގެ އެކިއެކި އަތޮޅުތަކުން ލިޔެލާޖެހުމުގެ 01 މަސްދުވަހުގެ ތަމްރީން ކޯސްތައް ހިންގައި ދިނުމަށް މިކައުންސިލްގައި އެދިލައްވާ ރަށްރަށުގައި ކިޔަވައި ދެއްވާނެ އިންސްޓްރަކްޓަރަކް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު  (IUL)321/321/2018/101  އިޢުލާންގައި އެކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސިޓީހުށަހަޅުއްވަން ޖެހޭ ސުންގަޑީގެ ގޮތުގައި "08 އޮކްޓޯބަރ 2018 ވާ ހޯމަދުވަހުގެ 14:00 ކުރިން، ކަމުގައި" ބަޔާންކުރެވިފައިއެވަނީ ލިޔުމުގެ ކުށަކުން ކަމުގައި ދަންނަވަމެވެ. ރަނގަޅުގޮތަކީ، އެކަމަށް އެދި 08 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 14:00 ށް މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުމެވެ. އަދި މިހާތަނަށް އެއްވެސް ފަރާތަކުން އެކަމަށް އެދި ސިޓީ ހުށަހަޅުއްވާފައި ނުވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

    ވީމާ، އެކަންކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރ 2018 ވަނަދުވަހުގެ 14:00 ށް މިއިދާރާއަށްދުރުވެ އެކަމަށްއެދި ސިޓީހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ސިޓީ ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމްގައެވެ.

    ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

27  މުޙައްރަމް  1440

07  އޮކްޓޯބަރ  2018

07 އޮކްޓޫބަރު 2018
ހޯދާ