މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސްކުރުމާއި ގުޅޭ

އިޢުލާން

   1 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 2019 ވަނަ އަހަރު މިސްކޫލްގެ  ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 04 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  14 ނޮވެމްބަރ 2018 ވާ ބުދަ  ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު  ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގަށް: 70 ޕޮއިންޓް.
  2. މަސައްކަތުގެ ތަޖުރިބާއަށް: 18 ޕޮއިންޓް. (ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)
  3. ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް: 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)

   މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 އޮކްޓޫބަރު 2018
ހޯދާ