ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަސް ނިލަންކިޔުން
09 ނޮވެމްބަރ 2018 ވާ ހުކުރު ދުވަހު 16:00 ގައި މިއިދާރާގައި ރުއްގަސް ނީލަންކިއުން އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްގަސް ހުންނަތަންތަނުގެ ތަފްސީލް ތިރީގައިއެވަނީއެވެ.
- އުތުރު އަވަށު ކުޑަކުދިންގެ ޕާރކް ދެކުނުގައި ވައްޓާލާފައިވާ ނަންބަރ 01 ޖަހާފައިވާ ރުއްބައި
- އެސް.ޓީ.އޯ ފިހާރައިގެ އިރުމަތީގައި ވައްޓާލާފައިވާ ރުކާއި ގަސްތައް - ނީލަން ނަންބަރ 2، 3، 4، 5، 6 އަދި 7 ޖަހާފައިވާ 06 ބައި
- ހިރަފުސްދަނޑު ހުޅަނގުގައި ވައްޓާލާފައިވާ ރުކާއި ގަސްތައް – ނީލަން ނަންބަރ 8، 9، 10 އަދި 11 ޖަހާފައިވާ 04 ބައި
މިނީލަމުން ތަކެތިނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 09 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 17:30 ގެކުރިން މިއިދާރާއަށް ދެއްކެވުމަށްފަހު 07 ދުވަހުގެ ތެރޭގައި ނަގައިގެން ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެއްޗާއި މެދު މިއިދާރާއަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ.
ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
04 ނޮވެންބަރު 2018
ހޯދާ